ބީއެމްއެލް އިން ކޮންމެ ހަފްތާއަކު 5،000 ރުފިޔާގެ ގިފްޓް ވައުޗަރ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

3 months ago

އަފްރާހް

ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ގެ އައު ޕްރޮމޯޝަންއެއް މިއަދު ފަށައިފިއެވެ.


ކަސްޓަމަރުންނަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް އިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ މެދުވެރިކޮށް ބޭންކް އެކައުންޓް، ކޭޝް އޭޖަންޓުންނާއި ޑިޖިޓަލް ވޮލެޓްތަކަށް ޔޫއެސް ޑޮލަރު އެކައުންޓާއި ޔޫއެސްޑީ ޕްރީޕެއިޑް ކާޑު މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.


މި ޕްރޮމޯޝަންގެ މުއްދަތުގައި ގުރުއަތުން ހޮވާލެވޭ 5 ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު 5،000 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.


މި ފްރޮމޯޝަންގެ މުއްދަތުގައި އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ހިދުމަތް މެދުވެރިކޮށް 100 ޑޮލަރަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ޓްރާންސްފާ ކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.


މި ޕްރޮމޯޝަން ކުރިޔަށްދާނީ 8 ޖުލައި އިން ފެށިގެން 7 ސެޕްޓެމްބަރު ގެ ނިޔަލަށެވެ. 


ކިޔުންތެރިންގެ ހިޔާލު