ގޯ ގްރީން ޕްރޮގްރާމުގައި ދިރާގުން ބައިވެެރިވެއްޖެ

5 months ago

އަފްރާހް

ގޯ ގްރީން ޕްރޮގްރާމުގައި ދިރާގުގެ ބައިވެެރިވެ، ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފިއެވެ.


ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ކަމަށްވާ ‘ގޯ ގްރީން 2024’ ގައި ދިރާގުން ބައިވެރިވެފައިވަނީ ކްލީން މޯލްޑިވްސް އާއި ގުޅިގެންނެވެ. މި ހަރަކާތް ފައްޓަވައިދެއްވީ އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ.


މިއީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ގައުމީ “ފަސް މިލިއަން ގަސް” ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދިއެމުގެ ހަރަކާތެކެވެ.


މި ހަރަކާތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1000 ގަސް އިންދާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ މަގޫ، ކުރެދި، ދިއްގާ، ހިރުނދު އަދި ރުއް ހިމެނެއެވެ. ދިރާގުން ވަނީ މި ހަރަކާތަށް 255 ގަސް ހަދިޔާކޮށްފައެވެ.


މި ހަރަކާތުގައި ދިރާގު، ކްލީން މޯލްޑިވްސް، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި އައިކެއަރ މޯލްޑިވްސްގެ އޮފިޝަލުންނާއި ވޮލަންޓިއަރުން އަދި އެހެނިހެން ފަރާތްތަކުން ވެސް ވަނީ ޢަމަލީގޮތުން ބައިވެރިވެފައެވެ.


ތިމާވެށީ ހިމާޔާތްކޮށް ދެމެހެއްޓެނިވި ކުރުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސެވެ. އެގޮތުން މި ހަރަކާތުގެ ސަބަބުން ދުޅަހެޔޮ ދުނިޔެއެއް ގާއިމްކޮށް ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދީ، މޫސުމަށް އަންނަ ބަދަލުތައް ކުޑަކޮށް، އިޖްތިމާއީ ރޫހު ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު