މިިނިސްޓަރ ސައީދު އެމެރިކާ އަށް ފުރާވަޑައިގެންފި

3 months ago

އަފްރާހް

ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އެމެރިކާ އަށް ފުރާވަޑައިގެންފިއެވެ.


އެ މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މިއީ ވިޔަފާރި އާއި އިންވެސްޓްމަންޓާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.


އެމަނިކުފާނުގެ މިދަތުރުގައި ޓްރޭޑް ރެޕުންނާއި އެމެރިކާގެ ޗެމްބަރ އޮފް ކޮމަރސްގެ މެންބަރުންނާ ބައްދަލުކުރައްވައި، މަޝްވަރާތައް ކުރައްވާނެ ކަަމަށް ވިދާޅުވެއެވެ. އަދި އެގައުމުގެ ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ ބޭފުޅުންނާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެއެވެ.


އެހެންނަމަވެސް އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރައްވައެވެ.


މިނިސްޓަރ ސައީދު ވަނީ އިނގިރޭސިވިލާތަށް ވެސް ދާދިފަހުން ދަތުރުފުޅެއް ކުރައްވާފައެވެ.


ކޮމަންވެލްތު ޓްރޭޑް އެންޑް އިންވެސްޓްމަންޓް ރައުންޑް ޓޭބަލްގައި ބައިވެރިވެ ވަޑައިގަތުމަށް މިދިޔަ މެއި މަހު ކުރެއްވި އެ ދަތުރުގައި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އާއި ޑިވެލޮޕްމަންޓް ބޭންކް ތަރައްގީ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.


މީގެއިތުރުން އެގައުމުގެ މާލީ ހިދުމަތްދޭ ކުންފުނިތަކާއެކު ރަސްމީ މަސައްކަތުގެ ގުޅުން ގާއިމުކޮށް, ގާނޫނީ އޮނިގަނޑު ޒަމާނީ ކުރުމާއި މާލީ ދާއިރާގެ އިންފްރަންސްޓްރަކްޗަރ އަދި ބައިނަލްއަގްވާމީ މާލީ މަރުކަޒުތައް ގާއިމު ކުރުމަށްޓަކައި ޒަމާނީ އަދި ދުނިޔޭގެ ފެންވަރުގެ ގަވަނަންސް، ސްޓްރެޓެޖީ އެންޑް އޮޕަރޭޝަންސް ފްރޭމްވޯކެއް އެކުލަވާލުން ހިމެނެއެވެ. 


ކިޔުންތެރިންގެ ހިޔާލު