ވީއައިއޭގައި 'މަރުހަބާ' މޮނިއުމެންޓެއް

3 months ago

އަފްރާހް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި މަރުހަބާ މޮނިއުމެންޓެއް (ވެލްކަމް މޮނިއުމެންޓެއް) ހަދައިފިއެވެ.


ސިނަމާލެ ބްރިޖުން އެއަރޕޯޓަށް ދިއުމަށް ދަތުރުކުރާ މަގުގެ މެދުގައި ހުންނަ ޕޮލިސް ޕޯޓް ކައިރީގައި ހަދާފައި ހުރި މި މޮނިއުމެންޓުގައި ވީއައިއޭގެ ނަން ޖަހާފައިވާއިރު، ވަގުތު އިނގޭނެހެން ޑިޖިޓަލް ގަޑިއެއް ވެސް ވަނީ ބަހައްޓަފައެވެ.


އެމްއޭސީއެލް އިން ވިދާޅުވީ އެ މޮނިއުމެންޓްގައި ހަރުކޮށްފައިވާ އެލްއީޑީ ސްކްރީނުން އެއަރޕޯޓްގައި މިހާރު ކުރިއަށްދާ ކަންތައްތަކުގެ ތަފްސީލު ވެސް ފެންނަން ހުންނާނެ ކަމަށެވެ. އަދި މި މޮނިއުމެންޓުގެ ސަބަބުން އައު ޓަރމިނަލްގެ ޑިޒައިން އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.


މީގެއިތުރުން އެމްއޭސީއެލް އިން ވަނީ ފަސިންޖަރުންނަށް ފަސޭހަވާނެހެން އެއަރޕޯޓްގެ ޓްރެފިކް ފްލޯއަށް ބަދަލުތައް ގެނެއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.


މި މޮނިއުމެންޓު ހުޅުވުމަށް ޖުލައި 9 ވަނަ ދުވަހު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މޮނިއުމެންޓް ހުޅުވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ލަމްއާން އަދި މުޖުތަބާ ލަތީފެވެ. 


ކިޔުންތެރިންގެ ހިޔާލު

އަދުރޭ

ކިހާވަރެއް ތިއަކަމައް ހޭދަކުރަންޖެހުނުތޯ ގައުމުގެ ހާލަތައްވެސްވިސްނަވާ

3 months ago