ހުރިހައި ދިވެހިންނަށް މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު

3 months ago

އަފްރާހް

ހުރިހައި ދިވެހިންނަށް ވެސް އާސަންދައިގެ ދަށުން އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު މިހާރުއޮންނާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.


އާސަންދައިން ވިދާޅުވީ އުމުރުން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންގެ މެޑިކަލް ހެދުމުގެ އިންތިޒާމު ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމަޖެހިފައިވާ ކަމަށެވެ.


މިއީ ސަރުކާރުން ކުރިން ވެސް އެ އުމުރުފުރާގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލުމަށް ތާވަލުކޮށްފައި އޮތް ތާރީހުކަމަށްވާއިރު، އެ ކުންފުނިން ވިދާޅުވީ ސަރުކާރުގެ ކޮންމެ ހެލްތު ސެންޓަރަކުން ނުވަތަ ހޮސްޕިޓަލަކުން ވެސް އާސަންދައިގެ ދަށުން މިހާރު މެޑިކަލް ޗެކަޕް ހެދޭނޭ ކަމަށެވެ.


ސަރުކާރުން މީގެކުރީން ވަނީ އުމުރުން ދުވަސްވީ މީހުނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވައިލާފައެވެ. އެހެންނަމަވެސް އެ ޕްރޮގްރާމަށް އުއްމީދުކުރިވަރުގެ ތަރުހީބެއް ލިބެމުން ނުދާކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ ފާހަގަކުރައްވާފައެވެ.


މިއަހަރުގެ ޖަނަވަރީ ފުރަތަމަ ދުވަހު، ސަރުކާރުން ތައާރަފްކޮށްފައިވާ އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕްގެ ހިދުމަތް އެންމެ ފުރަތަމަ ތައާރަފްކޮށްފައިވަނީ 50 އަހަރުން މަތީގެ މީހުންނަށެވެ. އަދި އެއަށްފަހު އުމުރުން 35 އަހަރާއި 49 އަހަރުގެ މީހުންނަށް ހިލޭ ހެލްތު ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވައިލިއެވެ. އެއީ އޭޕްރިލްމަހުއެވެ.


އާސަންދަ މެދުވެރިކޮށް ހިލޭ ހެލްތު ޗެކަޕް ހެދުމުގެ ފުރުސަތު ދިނުމުގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތައް ދުރާލައި ދެނެގަތުމަށެވެ. 


ކިޔުންތެރިންގެ ހިޔާލު

ހިޔަލަ ޕެއާ

ވަކި ވަކިން މި ހުޅުވާލަނީ ކަމެއް ނުކުރެވޭތީ ބައިބަޔަށް ބަހާލައި އެވެސް ހިސާބައްވުރެން ބޮޑު ކަމެއް ކަމަށް ހަދަނަވެގެން ދޮގުވެރި ސަރުކާރު ކައްޒާބު ހަމަ

3 months ago