ގަރލްސް ޓު ކޯޑު ދިއްދޫ އެޑިޝަން ފަށައިފި

3 months ago

އަފްރާހް

ގަރލްސް ޓު ކޯޑުގެ ހއ. ދިއްދޫ އެޑިޝަން ފަށައިފިއެވެ.


މިއީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިންގ ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ފެށި ޕްރޮގްރާމެކެވެ.


މި ޕްރޮގްރާމުގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ކޯޑިންގ ހުނަރު ދަސްކޮށްދޭނެއެވެ. މީގެ ކުރިން ކޯޑިންގެ ތަޖުރިބާއެއް ނެތް ބައިވެރިންނަށް ވެސް މި ޕްރޮގްރާމް މެދުވެރިކޮށް ޢަމަލީގޮތުން ކޯޑް ކުރަން ދަސްކޮށް، ޕްރޮގްރާމް ނިމޭއިރު އާދައިގެ ވެބްސައިޓްތައް އުފައްދަން ވެސް ދަސްވާނެއެވެ.


އަންހެން ކުދިން ބާރުވެރިކުރުވުމުގެ މަގްސަދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދިއްދޫ އެޑިޝަން މި މަހުގެ 9 ން ސެޕްޓެންބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިއީ 10 އަހަރާއި 13 އަހަރުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ.


ގަރލްސް ޓު ކޯޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރަހައްދީ ގޮތުން އަމާޒުކޮށްގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ތައާރަފްކުރި ސިލްސިލާ ޕްރޮގްރާމެކެވެ. ދިއްދޫ އަކީ މި ސީރީޒްގެ ފަސްވަނަ ޕްރޮގްރާމެވެ.


ދިރާގުން މީގެކުރިން ވަނީ ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި އަދި ލ. އަތޮޅުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު