އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ފަށައިފި

3 months ago

އަފްރާހް

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ފަށައިފިއެވެ.


މި ޖުލައި މަހުގެ 9 އިން 11 އަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަަށްދާ މި ކޮންގްރެސްގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ އިސް މަންދޫބުން ބައިވެރިވެލައްވައެވެ.


ޖުމްލަ 27 އެއަރލައިނުންނާއި 17 އެއަރޕޯޓާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން މިކޮންގްރެސްގައި ބައިވެރިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.


މި ކޮންގްރެސްގެ އެކި ހަރަކާތްތައް ތިން ރިސޯޓެއްގަައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންގްރެސްއަށް އަންނަ މަންދޫބުންނަށް މަރުހަބާ ކިޔުމަށް ބާއްވާ ޚާއްސަ އިވެންޓް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ވަނީ ބާއްވާފައެވެ.


މި ހަފުލާގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ މިފަދަ ބައިނަލްއަގްވާމީ ބައްދަލުވުންތަކުގެ ސަބަބުން ދާއިރާގެ ފަރާތްތަކުގެ ގުޅުންތައް ބަދަހިވެ، ގުޅިގެން ދުނިޔޭގެ އޭވިއޭޝަން ސިނާއަތް ކުރިއެރުވުމަށް މިފަދަ ބައްދަލުވުމުގެ ސަބަބުން ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.


އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް މިއަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނުކަން އިއުލާންކުރީ ސެން ފްރެންސިސްކޯގައި ފައިބެއަހަރު ބޭއްވި ކޮންގްރެސްގައެވެ.


މިއީި 2010 ވަނަ އަހަރުންފެށިގެން ބާއްވަމުން އަންނަ ކޮންގްރެސްއެކެވެ. މި ކޮންގްރެސް ވަނީ އެމެރިކާ، އިނގެރޭސިވިލާތް އަދި ދުބާއީގައި ވެސް ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު