އަންހެނުންނަށް ދިމާވާ ބައެއް މައްސަލަތަކާގުޅޭގޮތުން މައުލޫމާތު ދީފި

3 months ago

އަފްރާހް

އިއްދައިގައި ދިމާވާ މައްސަލަތަކާއި، އުރަމަތި އަދި ރަހިމުގެ ކެންސަރާއި ގުޅޭ މުހިންމު މަޢުލޫމާތު ހިމެނޭ ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ބާއްވައިފިއެވެ.


ހުޅުމާލެ ހޮސްޕިޓަލްގެ ވެލް ވިމެން ކްލިނިކްގެ ފަރާތުން ނަގައިދިން މި ސެޝަންގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބަލިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމުކަމުގެ މައްޗަށް ވަނީ މައުލޫމާތު ދީފައެވެ.


ހާއްސަކޮށް އުރަމަތި ކެންސަރު ފަދަ ބަލިތަކަކީ ދުރާލާ ދެނެގަނެވިއްޖެކަމަށްވާނަމަ ފަރުވާކުރެވި ފަސޭހަވެގެންދާނެ ފަދަ ބަލިތަކަށްވުމުން، އެފަދަ ބަލިތަކުގެ އަލާމާތްތަކާއި ދެނެގަންނާނެ ގޮތްތައް ވެސް ކިޔައިދިނެވެ.


އުމުރުން ދުވަސްވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ވަކިން ހާއްސަކޮށް އުރަމަތީ ކެންސަރާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ފަދަ ބަލިތަކަކީ ދުރާލާ ދެނެގަނެވިއްޖެ ނަމަ ފަރުވާ ހޯދި ފަސޭހަވާ ބަލިތަކެއްކަމުން، މިފަދަ މައުލޫމާތުތައް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމުގައިވާތީ، އިސްރަށްވެހިންގެ ނާދީން ގެންދަނީ ސިލްސިލާ ގޮތެއްގައި މިފަދަ ތަފާތު މައުލޫތަކާއި ގުޅޭ ސެޝަންތައް ނަގަމުންނެވެ.


އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ ކޮންމެ ހަރަކާތަކީ ވެސް ދޮށީއުމުރުގެ މީހުންގެ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. 


ކިޔުންތެރިންގެ ހިޔާލު