ގާފަރުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 8 ފަރާތެއްގެ ފަންކްޝަނަލް އެސެސްމަންޓް ހަދައިފި

3 months ago

އަފްރާހް

ކ. ގާފަރުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 8 ފަރާތެއްގެ ފަންކްޝަނަލް އެސެސްމަންޓް ހަދައިފިއެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ވެހޭ ވުޒާރާ އިން ވިދާޅުވީ މި އެސެސްމެންޓް ކުރިއަށް ގެންގޮސްފައިވަނީ އެރަށު ކައުންސިލުގެ ފަރާތުން ފޮނުވި ލިސްޓަކަށް ރިޔާއަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ ހޯދުމަށް އެދޭ ފަރާތްތައް ދެނެގަތުމަށްފަހުގައި ކަމަށެވެ.


އެ ވުޒާރާ އިން މައުލޫމާތު ދިން ގޮތުގައި ފަންކްޝަނަލް އެސެސްމެންޓް ހެދުމަށް ކުރެއްވި ދަތުރުގައި އެވުޒާރާއިން ވަނީ ރަށު ކައުންސިލާއި ކަމާގުޅުންހުރި އިދާރާތަކާއި ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ.


މިގޮތުން މިފްކޯއާއި ސްޓެލްކޯ އަދި ރަށުގެ ހެލްތް ސެންޓަރާއި އެރަށުގެ ދެ އެން.ޖީ.އޯއެއް ކަމަށްވާ ފިއުޗަރ އެކެޑަމީއާއި ގާފަރު ޔޫތު ކްލަބާއެކު ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ.


މި ބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މަޝްވަރާތައްކޮށް، މުޖުތަމައުގެ ކޮންމެ ކަމެއްގައިވެސް އެފަރާތްތައް ބައިވެރިކުރުމެވެ. އަދި އެހެން ފަރާތްތަކެކޭ އެއްފަދައިން ހަމަހަމަ ފުރުސަތުތައް ކަށަވަރުކޮށްދިނުމަށް، ގުޅިގެން ކުރެވެން އޮތް މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފަންކްޝަނަލް އެސެސްމެންޓެއްގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި، އެފަރާތްތަކުގެ ބޭނުންތަކާއި، ޢާއިލީ ހާލަތު އަދި ވަޒީފާދޭ ފަރާތްތަކުން ބޭނުންވާނެ އިތުރު މައުލޫމާތު ހިމެނޭ ޑޮކިއުމެންޓެއް ތައްޔާރުކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު