ރައީސް އަށް އޮތް ތާއީދު ފަތުއަޑު ކިޔާފައި ދަނީ އިތުރުވަމުން: އަބްދުއްރަހީމް

3 months ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އޮތް ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެތެރޭގައި ދަނީ އިތުރުވަމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުލައި 20 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލުގެ 6 ބައި-އިލެކްޝަންގެ ތެރެއިން 5 ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބު ކުރުމުން މަރުހަބާ ވިދާޅުވެ، ކުރެއްވި ޕޯސްޓުގައެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ޕީއެންސީން ކާމިޔާބު ކުރުމުން ފެނިގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އޮތް ތާއީދު އިތުރުވަމުންދާކަމުގެ ސާފު ހެކި ކަމަށެވެ.


ޕީއެންސީގެ ޗެއަރޕާރސަންގެ މަގާމުވެސް ފުރުއްވާ އަބްދުއްރަހީމް ވަނީ ރައީސް ޑރ. މުޢިއްޒުއަށާއި އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީ ކެނޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެފައެވެ.


" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެތެރޭގައި އިތުރުވަމުން ދާކަމުގެ ސާފު ހެކި ވޯޓުން ދައްކައިދީފި." އަދުރޭ ވިދާޅުވިއެވެ.


އެ ކޮންގްރެސް އިން ކާމިޔާބުކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއާއި މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާއާއި ހުޅުމާލެ ދާއިރާއާއި މައްޗަންގޮޅި މެދު ދާއިރާ އަދި ފ. ބިލެތްދޫ ކައުންސިލް ރައީސްގެ ގޮނޑިއެވެ.


މި ގޮނޑިތަކުގެ ތެރެއިން ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ފާތިމަތު ޝައުފާ ސަލީމް ކާމިޔާބުކުރިއިރު، ފާތިމަތު އިޝާން އަލީ ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އަލީ އައިމަން ހުޅުމާލެ ދާއިރާ ކާމިޔާބުކުރިއިރު، އިބްރާހިމް އަހުމަދު ކާމިޔާބުކުރީ ކުޅުދުއްފުށި އުތުރު ދާއިރާ، އަދި އަރީހް އިސްމާއިލް ވަނީ ބިލެއްދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ހޯއްދަވާފައެވެ.


ޕީއެންސީ އަށް ގެއްލުނީ ރ. ރަސްމާދޫ ކައުންސިލުގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެވެ.


ޕީއެންސީން މި ހޯދި ކާމިޔާބީ ފާހަގަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކާމިޔާބީ ހޯއްދެވި އެ ޕާޓީގެ ކެނޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު

ެއެސޮރު

ކޮންމެ 100 މީހަކުންް 26 މީހުން ފަތުއަޑުކިޔާފައި ރައީސާއެކު. އަނެއް74 މީހުން ގޮތްހުސްވެ މާޔޫސްވެފާ.

3 months ago