ދެކުނުގެ ރަަށްތަަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

3 months ago

އަފްރާހް

ރާއްޖޭގެ ދެކުނުގެ ރަށްތަކަށް މިއަދު އުދަ އެރުމަކީ އެކަށީގެންވާތީ، އެކަމަށް ސާމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރައްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ އުތުރުގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރައި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަަމަށެވެ. އެކަމަކު އާންމުގިތެއްގައި މޫސުން ރަނގަޅުވާނެކަަމަށް ލަފާކުރައްވައެވެ.


އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަަކަށް ވައިޖެހޭނެކަމަށް ކަފާކުރައްވާފައިވަނީ ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމުގެ ބާރުމިނުގައި ވައިިޖެހޭނެކަމަށް ލަފާކުރައްވަފައި ވެއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު