އަރަބި ބަސް ކިޔަވައިދިނުމަށް ބޭރުގެ އިންސްޓިޓިއުޓެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރަނީ

3 months ago

އަފްރާހް

ޢަރަބި ބަސް ކިޔަވައިދިނުމަށް ރާއްޖޭގައި "އަރަބިކް ލޭންގްއޭޖް އިންސްޓިޓީއުޓް" ގެ ނަމުގައި އިންސްޓިޓިއުޓް އެއް ގާއިމް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.


މި ޝައުވެރިކަން ފާޅުކޮށްފައިވަނީ ސައުދި އަރަބިއްޔާގެ ޔުނިވަރސިޓީއެއް ކަމަށްވާ، އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީ އިން ނެވެ.


އެ ޔުނިވަރސިޓީން، އިންސްޓިއުޓެއް ހުޅުވުމަށް ޝައުގުވެރިކަން ފާޅުކުރައްވައި، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއެކު މަޝްވަރާކޮށްފައިވަނީ މިމަހުގެ 18 ވީ ބުރާސްފަތި ދުވަހުއެވެ.


މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، މިނިސްޓްރީގެ ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ، އަޙްމަދު ޝަފީއު އަދި ޑރ. އަބްދު ނަޒީރެވެ. އަދި އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު ޔުނިވާރސިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޔުނިވާސިޓިގެ ވެރިންނެވެ.


އެ ޔުނިވަރސިޓީން ވަނީ މި މަރުކަޒުގެ ރަޖިސްޓްރީގެ މަސައްކަތާއި މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން ކޯސް އެކްރެޑިޓްކުރުމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.


އަރަބިކް ލެންގުއެޖް އިންސްޓިޓިއުޓްގެ ނަމުގައި އަރަބި ބަސް ކިޔަވައިދިނުމަށްޓަކައި އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ރާއްޖޭގައި ހުޅުވުމަށް ހަމަޖެހިފައިވާ އިންސްޓިއުޓް ރަޖިސްޓްރީކުރުމުން ރާއްޖެއާއި ސަޢުދި އަރަބިއްޔާއާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެކަން ވެސް މި ބައްދަލުވުމުގައި ދެ ފަރާތުންވަނީ ފާހަގަކުރައްވާފައެވެ.


ސަޢުދީ އަރަބިއްޔާގެ ޔުނިވަރސިޓީއަކާއި ގުޅިގެން، މިދަފަ ތަޢުލީމީ މަރުކަޒެއް ރާއްޖޭގައި ހުޅުވުމަކީ ރާއްޖޭގެ ދަރިވަރުންނަށް އަރަބި ބަސް ދަސްވެ، އެބަހުގައި ކުރިއަރައިގެން ދިޔުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.


މީގެއިތުރުން މި އިންސްޓިއުޓަކީ އަރަބި ބަސް އުގެނުމަށް ޝައުގުވެރިވާ ރާއްޖެއިން ބޭރު ދަރިވަރުންނަށް ވެސް ހުޅުވިފައިވާ ފުރުސަތަކަށްވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު