ހޮޓެލް ޖެންގެ ފަރާތުން ފިޔަވަތީގައި ތިބޭ ކުދިންނަށް މިއަހަރުވެސް ހާއްސަ ހަރަކާތްތަކެއް

3 months ago

އަފްރާހް

ދައުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ތިބޭ ކުދިންނަށް ހާއްސަކޮށްގެން، ހޮޓެލް ޖެންގެ ފަރާތުން ހަވީރު ސަޔަކާއެކު ގިނަ ހަރަކާތްތަކެއް ހިމެނޭ ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.


އެގޮތުން ކުރެހުމާއި ތަފާތު ކުޅިވަރުތަކާއި ފޭސް ޕެއިންޓިންގ ގެ ހަރަކާތްތައް ވަނީ ބާއްވާފައެވެ. އަދި ވާ ދެމުމާއި ބެލޫން ފެޅުން ފަދަ މަޖާ އަދި ފޯރިގަދަ ކުޅިވަރުތައް ބޭއްވިއެވެ.


މީގެއިތުރުން ގޯނި ރޭހާއި، މަސް ބޭނުމާއި، ފުޓްބޯޅައިގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔައެވެ.


ފިޔަވަތިން ވިދާޅުވީ ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެ، އެކަކު އަނެކަކާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް މި ހަރަކާތްތަކުން ބާރު އަޅާ ކަމަށެވެ. އަދި މިއީ ކުދިންގެ ހުރި ތަފާތު ހުނަރުތައް ދައްކާލައި، ކުޅިވަރުގެ ތެރެއިން ރީތި އާދަތައް ދަސްވުމަށް މަގުފަހިވެގެންދިޔަ ފުރުސަތެއް ކަމަށެވެ.


ހޮޓެލް ޖެންގެ ފަރާތުން ކޮންމެ އަހަރުވެސް ފިޔަވަތީގެ ކުދިންނަށް އިންތިޒާމުކޮށްގެން ބާއްވާ މި ހާއްސަ ހަރަކާތުގައި، މި އަހަރު 66 ކުދިން ވަނީ ބައިވެރިވެފައެވެ.  


ކިޔުންތެރިންގެ ހިޔާލު