އިސްރަށްވެރިންގެ ނާދީގައި މި ހަފުތާގައި ވެސް ހާއްސަ ހަރަކާތްތަކެއް

3 months ago

އަފްރާހް

އިސްރަށްވެރިންގެ ނާދީގައި މި ހަފުތާގައި ވެސް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައި، 'ހަފުތާ ކަލަންޑަރު' އާންމުކޮށްފިއެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން މިހާރުވަނީ ޖުލައި މަހުގެ 21 އިން 25 ވަނަ ދުވަހުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީން އިސްރަށްވެހިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފައެވެ.


އެގޮތުން 21 ޖުލައި ވީ އާދީއްތަ ދުވަހުގެ ރޭ "ވޯކް ވޯކް" ކަސްރަތު ޕްރޮގްރާމާއި އިސްރަށްވެހިންނަށް ހާއްސަ ލުއި ކަސްރަތު ޕްރޮގްރާމުތަކާއި މާޖަހަން ދަސްކޮށްދޭ ކްލާސްތައް ހިމެނެއެވެ.


މީގެއިތުރުން މިނިވަންދުވަހަށް ތައްޔާރުވުމުގެ ޕްރެކްޓިސްތައް ވެސް ކުރިއަށް ގެންދާއިރު، އިސްރަށްވެހިންގެ ނާދީގެ ކްލަބް ހަފްތާ ސައި ވެސް ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


ހަފްތާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިނިވަންދުވަހުގެ އައިޓަމްތަކުގެ ރިހާސަލް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.


މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު 55 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ވަނީ ހުޅުވައިލާފައެވެ. އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތްއިރު، އިތުރު މައުލޫމާތު ހޯދުމަށް 3027586 ނަމްބަރު ފޯނަށް ގުޅުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު