އުދަ އަރާފާނެ، ބްރިޖުން ދަތުރުކުރާއިރު ސަމާލުވާތި!

3 months ago

އަފްރާހް

ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރައްވައިފިއެވެ.


އެ އިދާރާ އިން މިފަދައިން އިލްތިމާސް ކުރައްވާފައި މިވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ވިދާޅުވުމާއި ގުޅިގެންނެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފުލުހުން ވިދާޅުވީ މާލެއަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންވެ، ސިނަމާލެ ބްރިޖާއި ހައިވޭގައި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.


މީގެއިތުރުން ރަށްރަށުގައި ވެސް ގޮނޑުދޮށާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސް ކުރައްވާފައި ވެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން މި އިލްތިމާސް ކުރައްވާފައިވާއިރު، ސިނަމާލެ ބްރިޖުގެ މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ދިމާވާ ޓްރެފިކް ލައިޓުތައް ކައިރިއަށް މިހާރުވެސް ދަނީ ކޮންމެވެސް ވަރަކަށް އުދައިގެ އަސަރު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު