5 months ago
ތަޖުރިބާކާރު ޑޮކްޓަރ ޢަލީ ނިޔާފް، އޭޑީކޭ އިން ވަކިވެއްޖެއެވެ.
ސީނިއަރ ނިއުރޯސާރޖަންގެ ގޮތުގައި މަސައްކަތްކުރެއްވި، ޑޮކްޓަރ ޢަލީ ވަނީ ނުވަ އަހަރާއި 10 މަސްދުވަހު އޭޑީކޭ ހޮސްޕިޓަލަށް ހިދުމަތްކޮށްދެއްވާފައެވެ. އަދި ގިނަބައެއްގެ ލޯތްބާއި އިހްތިރާމު ވެސް ވަނީ ހޯއްދަވާފައެވެ.
ރާއްޖޭގެ އެންމެފުރަތަމަ ނިއުރޯސާރޖަން ޢަލީ ނިޔާފް ތަމްރީނު ހައްދަވާފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ރަޝިއާ، އިންޑިއާ، ބްރެޒިލް، ނޭޕާލް ހިމެނެއެވެ. އަދި ބައެއް އެހެން ގިނަ ގައުމުތަކުން ވެސް ތައުލީމާއި ތަމުރީނު ހޯއްދަވާފައިވާއިރު، ކާމިޔާބުކަމާއެކު 2،000 އަށްވުރެ ގިނަ ނިއުރޯސާރޖަރީ ވަނީ ހައްދަވާފައެވެ.
އޭނާ އޭޑީކޭ އިން ވަކިވިކަން ހާމަކުރައްވައި، އެ ހޮސްޕިޓަލުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.
The one and only Doctor @AliNiyaf#Neurosurgeon #Farewell #ADKHospital #HealthCare pic.twitter.com/Mo9lNKd71B
— ADK Hospital (@ADKHospital) July 22, 2024
ޑރ. ޢަލީ ނިޔާފް ދެން ބައްލަވާނީ މޯލްޑިވްސް ނިއުރޯ އެންޑޮކްރައިން މެޑިކަލް ފެސިލިޓީގައި ކަމަށް އެ ފެސިލިޓީން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ. އަދި އެޕޮއިންޓްމަންޓު ހެދުމަށް 7744515 ނަންބަރަށް ގުޅުމަށް ވަނީ އެދިފައެވެ.