މަޖިލީހުން ފާސްކުރީ ގަވަރުނަރު ވަކިކުރަން ރައީސް އަށް ލަފާއެރުވުމަށް

3 months ago

އަފްރާހް

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި ޢަލީ ހާޝިމް، އެ މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.


މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ވޯޓުންނެވެ.


ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް އަށް ލަފާއެރުވުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މި މަހުގެ 17 ވީ ބުދަ ދުވަހުއެވެ.


މިއީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހުށަހެޅުއްވި މި މައްސަލަ މާލިއްޔަތު ކޮމިޓީގައި ކުރިޔަށްގެންދިޔައިރު، ގަވަރުނަރއަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮމިޓީން ވަނީ ދެއްވާފައެވެ. އެހެންނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އެމަނިކުފާނު ވަޑައިނުގަންނަވައެވެ.


އެމްއެމްއޭގެ ގާނޫނު ބުނާގޮތުން އެއޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު މަގާމަށް އައްޔަނުކޮށް ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.


ކިޔުންތެރިންގެ ހިޔާލު