ށ. އަތޮޅުގައި ކުރިއަށްގެންދިޔަ އިބަމަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

3 months ago

އަފްރާހް

ށ. އަތޮޅުގައި ކުރިއަށްގެންދިޔަ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ތަމްރީން ޕްރޮގްރާމް ނިންމާގފައިފިއެވެ.


އެ އަތޮޅު ކައުންސިލުގެ އިސްނެގުމާއެކު އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ އިން މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ޖުލައި 16 ން 22 ގެ ނިޔަލަށެވެ.


މި ޕްރޮގްރާމުގައި އެ އަތޮޅުގެ ހުރިހައި ރަށަކުން އިބަމަ މެންބަރުން ވަނީ ތަމްރީނު ކުރެވިފައެވެ.


އެ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމްގެ އެންމެ ފަހު މަރުހަލާގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ފަރާތްތަކުގެ ހާލަތު ވަޒަންކުރާނެ ގޮތުގެ މައުލޫމާތު ދީފައިވާނެ ކަމަށެވެ. އަދި ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް އިބަމަ މެންބަރުންނަށް ބޭނުންވާ ފަންނީ މަޢުލޫމާތު ވެސް އަތޮޅުގެ ހުރިހައި ރަށެއްގެ އިބަމަ މެންބަރުންނަށް ފޯރުކޮށްދީފައިވާނެކަމަށް ވިދާޅުވިއެވެ.


އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.


މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެފަރާތްތަކުގެ ޙާލަތު ވަޒަންކުރާނެ ގޮތާއި، ޙާލަތު ރަނގަޅު ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ވެސް ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު