ތައުލީމާއި ތަމްރީނުގެ ފެންވަރު ރަނގަޅުކުރުމަށް ޗައިނާ އާއެކު މަޝްވަރާކޮށްފި

3 months ago

އަފްރާހް

ތައުލީމާއި ތަމްރީނުގެ ފެންވަރު ރަނގަޅުކުރުމަށް ޗައިނާ އާއެކު މަޝްވަރާކޮށްފިއެވެ.


މި މަޝްވަރާކުރެއްވީ ޗައިނާގެ ޝަންގްހައި ތަމްސީލުކުރައްވައި، ޗައިނާ ސަރުކާރުގެ ބައެއް އިސްބޭފުޅުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އަށް ކުރެއްވި ޒިޔާރަތުގައެވެ.


މި ޒިޔާރަތުގައި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއާއި ބައްދަލުކުރައްވައި، މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމް ބަދަލުކޮށް، ޒުވާނުން ދުނިޔޭގެ އެކި ސަޤާފަތްތަކާއި އާދަކާދަތަކަށް އަހުލުވެރިކުރުމަށެވެ. އަދި މަސައްކަތްތެރިކަމާއި ގުޅޭ ތަޢުލީމާއި ތަމްރީނުގެ ފެންވަރު ރަނގަޅުކުރުމާއި ގުޅޭގޮތުންނެވެ.


އެގޮތުން މި މަސައްކަތުގައި އެއް ގައުމު އަނެއް ގައުމަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.


ތަމްރީނުތަކާއި ތަޢުލީމީ ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރާ އުސޫލުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެެވެ. އެގޮތުން އެ ދަރިވަރަކު ކުރިއަށް ދާން ބޭނުންވާ ދާއިރާއަކުން ރާއްޖެއާއި ބޭރު ގައުމުތަކުން ވެސް ވަޒީފާ ހޯދުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަން މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ރާއްޖޭގެ ތަޢުލީމީ ނިޒާމް ފުޅާދާއިރާއެއްގައި ބަދަލުކޮށް، ޒުވާނުންގެ ހުނަރު ތަރައްގީކުރުމުގައި މަސައްކަތްތެރިކަމަށް ހާއްސަކޮށް ތަމްރީނާއި ތަޢުލީމު ފޯރުކޮއްދިނުމުގައި ދެ ގައުމުގެ މަސްލަހަތު ހިމޭނޭ ގޮތަށް އެހީތެރިކަން ފޯރުކޮއްދެވެން ހުރި ދާއިރާތަކާއި ގުޅޭތޮތުން ވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައސްޓޭޓް މިނިސްޓަރ އައިމިނަތު ޝަޝީ، ސްޓޭޓް މިނިސްޓަރ އަބްދުލްރަޙީމް ހަސަން އަދި ޑިރެކްޓަރ ޖެނެރަލް، ފާތިމަތް ޝިފްޒާ ހުސައިން ބައިވެރިވެވަޑައިގެނެނެވިއެވެ. 


ކިޔުންތެރިންގެ ހިޔާލު