މާލެއާއި ވިލިމާލޭގެ މަގުތައް ޗައިނާ އިން ތަރައްގީ ކުރަނީ

3 months ago

އަފްރާހް

މާލެއާއި ވިލިމާލޭގެ މަގުތައް ޗައިނާ އިން ތަރއްގީ ކުރުމަށް ދެ ގައުމުގެ ސަރުކާރުން ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފިއެވެ.


މި އެލްއޯއީގައި ސޮއި ކުރައްވާފައިވަނީ ރާއްޖޭގެ ތިން ވަޒީރުން ޗައިނާ އަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.


ރާއްޖޭގެ ފަރާތުން މި އެލްއޯއައި ގައި ކޮންޓްރަކްޝަން މިނިސްޓަރ ޢަބްދ މުއްތަލިބު ސޮއި ކުރެއްވިއިރު، ޗައިނާ އިން ސޮއި ކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްކޯޕަރޭޝަން(ސިޑްކާ) ގެ ޗެއަރމަން ލިއޯ ހައޯހުއިއެވެ.


ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވީ މިމަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ވަރަށްއަވަހަށް ފަށާނެ ކަމަށެވެ.


ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި ކޮންސްޓްރަކްޝަން މިނިސްޓަރ މުއްތަލިބު އަދި ފިނޭންސް ޑރ. މުޙައްމަދު ޝަފީގު ޗައިނާ އަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް އެގައުމުގެ ބޭންކު އޮފް ޗައިނާ (އެގްޒިމް ބޭންކް) އާއެކު ވަނީ މަޝްވަރާ ވެސް ކުރައްވާފައެވެ.


މީގެއިތުރުން މިނިސްޓަރ ޒަމީރު ވަނީ ދެ ގައުމުގެ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަތައް ވެސް ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު