މިނިސްޓަރ ޑރ. މާރިޔާ ހައްދުންމައްޗަށް

3 months ago

އަފްރާހް

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އާއި މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ވަނީ ހައްދުންމައްޗަށް (ލ. އަތޮޅަށް) ވަޑައިގަންނަވައިފައެވެ.


އެ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅިގެން ކުރައްވާ މި ދަތުރުފުޅަކީ މި މަހުގެ 23 ން 25 ގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މިނިސްޓަރ ވަޑައިގަތުމަށް ނިންމަވާފައިވަނީ އެ އަތޮޅު ގަމާއި ފޮނަދޫ އަށެވެ.


މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި މިނިސްޓްރީގެ ދަށުން ހިންގާ ޖޮބް ސެންޓަރުތަކަށް ޒިޔާރަތް ކުރައްވައި، އެ ސެންޓާރުތަކުގެ ހާލަތު ބައްލަވައިލެއްވުން ހިމެނެއެެވެ. އަދި އެ އަތޮޅުގައި ހުރި މަތީ ތަޢުލީމު ދޭ އިދާރާތަށް ކަމުގައިވާ އެމް.އެން.ޔޫ އާއި އައި.ޔޫ.އެމްގެ ކެންޕަސްތަކަށް ވެސް ޒިޔާރާތްކުރެއްވުން ހިމެނެއެވެ.


މީގެއިތުރުން އަތޮޅު ކައުންސިލާއި ފޮނަދޫ އާއި ގަން ކައުންސިލަށް ވެސް މި ދަތުރުފުޅުގައި ޒިޔާރާތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޒިޔާރަތުގައި ސަރުކާރުން ލ. އަތޮޅަށް ހާއްސަކޮށްފައިވާ ވަޢުދުތަކުގެ ތެރެއިން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅުންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު