ނޭޝަނަލް ޖޮބް ސެންޓަރުގެ ނަމަށް ބަދަލު ގެނެސްފި

2 months ago

އަފްރާހް

ރާއްޖޭގެ ނޭޝަނަލް ޖޮބް ސެންޓަރުގެ ނަމަށް ބަދަލު ގެނެސްފިއެވެ.


މިބަދަލު ގެނެސްފައިވަނީދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.


އެގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ "ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަން "ނޭޝަނަލް ކެރިއަރސް ސަރވިސް" ގެ ނަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބަދަލުކުރައްވައިފިއެވެ.


ރައީސް މި ބަދަލު ގެންނަވާފައިވާކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.


ރައީސުލްޖުމްހޫރިއްޔާ މި ބަދަލުގެންނަވާފައިވަނީ 23 ޖުލައި ވީ އަންގާރަ ދުވަހުއެވެ.


މި ބަދަލު ގެންނެވުމާއެކު ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް ކެރިއަރސް ސަރވިސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 490 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު