މުއާޒު އާ ހަވާލުކުރީ ފެނަކަ އޮޑިޓުކޮށް، އޭސީސީން ދައްކަންޖެހޭ ވާހަކަ ދައްކާކަށް ނޫން: ނިޒާރު

2 months ago

އަފްރާހް

ސަރުކާރަށް ފައިސާ ލިބޭނެ ކަމަށާއި ފެނަކަ ހިންގަން ނޭނގޭނަމަ އަދި ފައިސާ ހޯދަން ނޭނގޭނަމަ ކުރީގެ އެމްޑީ ސައީދުގެ މަޝްވަރާ ހޯދަންޖެހޭ ކަމަށް އައްޑު ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.


މޭޔަރު މިފަދައިން ވިދާޅުވެފައި މިވަނީ އައްޑޫގައި ކަރަންޓުގެ މައްސަލަ ހައްލު ނުވެ، ގިނަ ދުވަސް ވެފައިވާއިރު، ފެނަކަ އެމްޑީ މުއާޒު މުހައްމަދު ރަޝީދު ދެއްކެވި ވާހަކައަކަށް ރައްދުދެއްވަމުންނެވެ.


ކުރީ ސަރުކާރުން އައްޑޫ ސިޓީގައި ހިންގާފައިވާ ޕްރޮޖެކްޓުތަކަށް ފާޑުވިދާޅުވެ، މުއާޒު ވަނީ މާކެޓު ރޭޓުގައި 44 މިލިއަން ރުފިޔާއަށް ނިންމޭނެ އިމާރާތެއް 76 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ވެސް ނުނިންމުނުކަން ފާހަގކުރައްވާފައެވެ. އަދި ނާޖާއިޒު އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރި ވެފައި ވާކަމަށް ވެސް ވަނީ ތުހުމަތު ކުރައްވާފައެވެ.


އެވާހަކަތަކަށް ރައްދުދެއްވައި މޭޔަރު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކޮށްދޭންޖެހޭ ކަމަށާއި މުއާޒު ހަވާލުވެވަޑައިގަތީ ފެނަކަ ހިންގަވަން ކަމަށެވެ. އަދި އެ ސިޓީގައި އަޅަން ފަށާފައިވާ ޕަވަރ ހައުސް ނިންމަން ޖަނަރޭޓަރު ގެންނަންޖެހޭ ކަމަށެވެ.


މީގެއިތުރުން އެކަމަށް ފައިސާ ހޯދަން އެނގެންޖެހޭ ކަމަށާއި ފެނަކަ ހިންގަން ނޭނގޭނަމަ، އަދި ފައިސާ ހޯދަން ނޭނގޭނަމަ، އެކުންފުނީގެ ކުރީގެ އެމްޑީ ސައީދުގެ މަޝްވަރާ ހޯދަންޖެހޭ ކަމަށް ވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.


މޭޔަރު ނިޒާރު އިތުރަށް ވަނީ އޭސީސީން ދައްކަން ޖެހޭ ވާހަކަ މުއާޒު ދައްކަވަން ޖެހިވަަޑައިނުގަންނަވާ ކަމަށާއި މުއާޒު އާއި ހަވާލުކުރީ ފެނަކަ އޮޑިޓް ކުރަން ނޫން ކަމަށް ވެސް ވިދާޅުވެފައެވެ. 


ކިޔުންތެރިންގެ ހިޔާލު

އޭ އެން

އޭއި ނިޒާރު ކަލޭ ރަނގަޅީ އަގައިން ނުބުނެ ރިޝްވަތު ބޮޑިތަމަތީ އޮޝޯވެނިދަނިދާ އޮތިއްޔާ މިހާރު ތިޔަ ވަޒީފާގައި ކިހާ ދުވަހެއްވެއްޖެތޯ އައްޑޫރައްޔިތުންނައްޓަކާކޮންކަމެއްތޯކޮއްދެވިފައޮތީ ތިޔައީ ހަމަ އަމިއްލަ އެދުމުން ފުރިފޯ ެފައިވާ ޗޮކެއް.

2 months ago

ރެކިބެއްޔާ

ތިބުނާ ތަޖްރިބާކާރު ނަޒާހަތްތެރި ހިންގުންތެރިސަޢީދު މިހާރު ވަޑައިގެންވީ "ލަންކާގެ އޭސީސީ ކަޕަންޑެ" ހަދާދޭން ފިއްލަވާފަ.

2 months ago

Ahmed Aseel

މުއިއްޒުއަށް ވޯޓް ދިނީ ޝަކުވާ މަދުވާނެ ކަމަށް ބަލައި ހޭލާ ތިބެ މަސައްކަތް ނިންމަން. 14:30 އަށް އޮފީސްތައް ބަންދުކުރަން ފަށައިފި.

2 months ago