ސަރުކާރަށް ނަތީޖާ ރަނގަޅުކުރެވޭނީ ނިޔަތް ރަނގަޅުވެގެން: ޣަފޫރު

2 months ago

އަފްރާހް

ގައުމުގެ އިގްތިސާދު މި ހާލަތުގައި އޮއްވައި، މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި ޢަލީ ހާޝިމް، އެ މަގާމުން ވަކިކުރުމަކީ އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.


އޭނާ މިފަދައިން ވިދާޅުވީ ޖުލައި 24 ވީ ބުދަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.


ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ ސަރުކާރަށް ނަތީޖާ ރަނގަޅުކުރެވޭނީ ނިޔަތް ރަނގަޅުވެގެން ކަމަށެވެ. އެހެންނަމަވެސް ނަތީޖާ ރަނގަޅުވާނެ ގޮތެއް އަދިފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި މިފްކޯ އިން މަސް ކިލޯއެއް ގަންނަ އަގު ކުޑަކުރުން ފަދަ ނިންމުންތައް ސަރުކާރުން ނިންމާފައިވަނީ ކުރަން ޖެހޭ އެހެނިހެން ކަންކަން ނުކޮށް ކަމަށް ވެސް ވިދާޅުވިއެވެ.


މާލިއްޔަތު ކޮމިޓީގައި އިންނަވާ ޣަފޫރު ވިދާޅުވީ ދައުލަތުން މުވައްޒަފުންނަށް ބިލިއަނަކަށް ވުރެ ގިނައިން މަހަކު ހޭދަކުރާ ކަމަށާއި ރިކަރަންޓް ހަރަދު ބޮޑުވެގެން މި އުޅެނީ އެ ސަބަބާ ހެދި ކަމަ


ޣަފޫރު ވަނީ ސަރުކާރު ހިއްސާވާ ކޮންމެ ކުންފުންޏަކުން މުވައްޒަފުންގެ މުސާރައަށް ފަސް މިލިއަން ރުފިޔާ އާއި 10 މިލިއަން ރުފިޔާ އާ ދޭތެރޭ މަހަކު ހޭދަކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ކުންފުނިތަކަށް ލިބޭ އާމްދަނީ ބޮޑުތަނުން ކުޑަވެ، ކުންފުނިތަކަށް މެނޭޖުކުރަން އުނދަގޫވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު