އިސްލާމިކް މިނިސްޓަރުގެ ތައުރީފް ހާފިޘު ޢަލީ ރަޢީފް އަށް

2 months ago

އަފްރާހް

އަލް ހާފިޘު ޢަލީ ރަޢީފަށް، އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތައުރީފު ކުރައްވައިފިއެވެ.


އޯޓިޒަމް ހުންނަ ޒުވާން ޢަލީ ރަޢީފް އަށް މިނިސްޓަރ ތައުރީފް ކުރައްވާފައިވަނީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ވިދާޅުވީ ރަޢީފްއަކީ އޯޓިޒަމްގެ އެންމެ މަތީ ލެވަލް ހުންނަ ކުއްޖެއްކަމަށް ޢާއިލާއިން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި 500 ޙާފިޡުންގެ ޕްރޮގްރާމްގައި ޤުރުއާން ހިތު ދަސްކުރަން ފެށި ކަމަށެވެ.


އޭނާ ޤުރުއާން ދަސްކުރައްވާ ނިންމާފައިވަނީ 9 އަހަރުން ކަމަށާއި އެއްވެސް ކުށެއް ނުޖެހި މިއަހަރުގެ ފެބުރުއަރީ މަހު ވަނީ ކިޔައިދެއްވާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިހާނު ކޮމިޓީއަށް ރަޢީފު ވަނީ 14 ދުވަހުން، ޤުރުއާން ހިތުން ކިޔައިދެއްވާފައިކަން ވެސް ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ރަޢީފް ފާސްވީ އެއްވަނަ ދަރަޖާގައިކަން ފާހަގަ ކުރައްވައި، އޭނާއަކީ އާދަޔާ ޚިލާފު ޙާފިޡެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ދަސްކުރައްވާފައި ވަނީ އާޔަތުގެ ނަންބަރާ ވެސް އެކުގައިކަން ވަނީ ފާހަގަކުރައްވާފައެވެ.


"ފާސްވެ އެއްވަނަ ދަރަޖައިގައި ހާފިޒްކަމުގެ ސަނަދު ހޯދާފަ. އޭނާއަކީ އާދަޔާ ޚިލާފު ހާފިޒެއް. ދަސްކޮށްފައި އާޔަތްތައް އެކަންޏެއްނޫން. އޭނާ ދަސްކޮށްފައިވަނީ އާޔަތުގެ ނަމްބަރާ ވެސް އެކުގަ. މިފަދަ ކުދިންނަކީ އޮޓިސްޓިކް ކުދިންނޭ ބުނަނީ ކީއްވެބާއެވެ؟" މިނިސްޓަރު ވިދާޅުވިއެވެ.


ހަމަމިއާއެކު ރަޢީފް ފަރާތުން އެއްވެސް ޢައިބެއް ފާހަގަ ނުކުރެއްވޭ ކަމަށާއި ކީރިތި ޤުރުއާންގެ ސަބަބުން އޭނާގެ ސުލޫކަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވަރަށް އަދަބުވެރި އަޚުލާޤު ރަނގަޅުކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު