ސްޓޭޓް މިނިސްޓަރުގެ މަގާމުން މާނިއު އިސްތިއުފާ ދެއްވައިފި

5 months ago

އަފްރާހް

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.


އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނަވަނިކޮށް ހޯމް މިނިސްޓްރީ އަށް ބަދަލުކުރައްވާފައިވަނިކޮށެވެ.


ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލްގެ މަގާމަށް މާނިއު އައްޔަންކުރައްވަފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.


އެހެންނަމަވެސް ޖުލައި 22 ވަނަ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަސްޓަމްސްގެ ކޮމިޝަނަރުގެ މަގާމަށް ފުރަތަމަފަހަރަށް އަންހެން ބޭފުޅެއް އައްޔަންކުރައްވާފައެވެ. އެއީ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ފާތިމަތު ދިޔާނާއެވެ.


މާނިއު ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމާއި ރައީސްކަން ވެސް މީގެކުރިން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު