އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ފުރަތަމަފަހަރަށް އަންހެން ބޭފުޅެއް

2 months ago

އަފްރާހް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ފުރަތަމަފަހަަރަށް އަންހެން ބޭފުޅެއް އައްޔަންކުރައްވައިފިއެވެ.


އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން އެވެ.


މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ހުސްވެފައިވާ އެ މަގާމަށް ހިސާންގެ ނަން މި މަހުގެ އަށްވަނަ ދުވަހު ހުށަހަޅުއްވާފައި ވަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޝާހިދެވެ.


އެމްޑީޕީގެ ނައިބު ރައީސްކަމަށް ހިސާން އައްޔަންކުރުމަށް ޝާހިދު ވަނީ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މިރޭ ހުށަހެޅުއްވުމުން ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.


ހިސާން އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރުކަން ކުރައްވައި، ދައުލަތުގެ ބަންޑާރަނައިބުގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. އަދި ނިމިދިޔަ އެމްޑިޕީގެ ވެރިކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްގެ މަގާމު ވެސް ފުރުއްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު