މުދާ އުފުލާ ގަޑިއާއި ކުނި އުފުލާ ގަޑިތަކަށް ބަދަލު ގެންނަނީ

2 months ago

އަފްރާހް

ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް މުދާ އުފުލާ ގަޑިއާއި ކުނި އުފުލާ ގަޑިތަކަށް ބަދަލު ގެނައުމަށް ސަރުޚާރުން ނިންމައިފިއެވެ.


އަންނަ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ބަދަލު ގެނައުމަށް ނިންމެވީ "މާލެފަހި" މަޝްރޫއުގެ ދަށުން މާލޭގައި ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެގޮތުންނެވެ.


އެގޮތުން ކަނޑައެޅޭ ވަކި ސައިޒެއްގެ އުޅަނދުތައް ބޭނުންކޮށްގެން މުދާ އުފުލުން ރޭގަނޑު 8 ން ފަތިހު 5 އަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މި މަސަައްކަތް ކުރުމަށް ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.


މީގެއިތުރުން ކުނި ނެގުން ކޮންމެ ރެއެއްގެ 10 އަކުން ފަތިހު 5 އަށް ބަދަލުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެންވަޔަރްމެންޓް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.


ސަރުކާރުން ވިދާޅުވީ މި ބަދަލާއެކު މަގުމަތީގެ ތޮއްޖެހުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.


މަގުތަކުގެ ތޮއްޖެހުން އެންމެ ބޮޑުވާ އެއް ސަބަބަކީ އިރުއޮއްސުމަށްފަހު މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ނެގުމަށް ވެމްކޯގެ ބޮޑެތި ވެހިކަލްތައް މަޑުކުރަންޖެހުމުންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.


މާލެފަހި ޕްރޮގްރާމްގެ ދަށުން މި ދެ މަސައްކަތް ވެސް އޯގަސްޓް މަހުގެ ފުރަތަމަ ދުވަހު ފަށައި، މި ދެ ބަދަލު ވެސް ކުރިއަށްއޮތް 6 މަސްތެރޭގައި އެއްކޮށް ތަންފީޒުކުރުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

ހޫނު

މާލޭގައި ހުރި ހުރިހާ އާންމު ރައްޔިތުން ކާންބޯން މަސައްކަތްކުރާ އުޅަދުތައް ކަންޑު ފައްތާލާފައި ބޭފުޅުންގެ ޕްރައިވެޓް ކަރުކޮޅު އެކަނި ދުއްވަންވީ އެރުން ތޮއްޖެހުން ހައްލުވީ

2 months ago