ހާލު ކިހިނެއް؟ ކަނޑުހުޅުދޫން ފާހަގަވީ ގެދޮރު ބިނާކުރުމުގައި ދިމާވާ ދަތިތައް

2 months ago

އަފްރާހް

ގެދޮރު ބިނާކުރުމުގައި ދިމާވާ ދަތިތަކުގެ މައްސަލަ ފާހަގަކޮށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ފެ ސަމާލުކަމަށް ކަނޑުހުޅުދޫ ރައްޔިތުން ގެނެސްފިއެވެ.


މިކަން އެރަށު ރައްޔިތުން ފާހަގަކޮށް، އެ މިނިސްޓްރީގެ ސަމާލުކަމަށް ގެނައީ ާ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން އެރަށުގެ ގޭބިސީތަކަށް ޒިޔާރަތްކުރުމުގެ ތެރެއިންނެވެ.


އެ މިނިސްޓްރީން ވިދާޅުވީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުން ގިނަ ޢާއިލާތަކެއް އެއްތަނެއްގައި އުޅެން ޖެހުމާއެކު ދިމާވާ އިޖުތިމާޢީ މައްސަލަތައް ހުރިކަން އެރަށުގެ ގެތަކަށް ކުރި ޒިޔާރަތްތަކުން ދެނެގަނެވިފައިވާ ކަމަށެވެ. އަދި މި ކަންކަން ހައްލުކޮށް، ރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރާނެ ކަންކަމާއި ގުޅޭ ގޮތުން ކަމާއިގުޅުންހުރި އިދާރާތަކާއެކު މަޝްވަރާތައް ކުރެވެމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.


ގާތްގަޑަކަށް 1004 މީހުންގެ އާބާދީއެއް އޮތް އެރަށުގައި އޮތް ނަމަވެސް ރަށުގައި މިހާރު ދިރިއުޅެމުންދަނީ 565 މީހުންނެވެ. އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 27 ފަރާތަކާއި 65 އަހަރުން މަތީގެ 36 މީހުން ރަށުގައި އެބަތިބިކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި އެންމެންނަށް ވެސް މިހާރު ދައުލަތުގެ ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަން "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


ކަނޑުހުޅުދޫގައި މީހުން ދިރިއުޅޭ 102 ގެ ހުރިއިރު، 97 ގެއަށް އެމިނިސްޓްރީން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ތިން ގެއަކުން މައުލޫމާތު ހިއްސާކުރަން ބޭނުން ނުވާކަމަށް ބުނެފައިވާއިރު، ދެ އާއިލާއެއްގެ މީހުން މިވަގުތު ދިރިއުޅެނީ ރާއްޖެއިން ބޭރުގައި ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު