އެމްއެންޑީއެފް ގެ ޝަރަފްގެ ހިނގާލުން މާދަމާ

2 months ago

އަފްރާހް

އެމްއެންޑީއެފްގެ "ޝަރަފުގެ ހިނގާލުން" މާދަމާ ހަވީރު އޮންނާނެކަމަށް އެ އިދާރާއިން ހާމަކުރައްވައިފިއެވެ.


ރާއްޖޭގެ ފަޚުރުވެރި 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފްގެ ހިނގާޅުން ފަށާނީ މާދަމާ ހަވީރު 4:15 ގައި ބަންޑާރަކޮށިން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. އަދި ޝަރަފްގެ ހިނގާލުން ޝަރަފްވެރިކޮށްދެއްވާނީ ރައީސް އަދި ސިފައިންގެ އެންމެމަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް ވިދާޅުވެއެވެ.


މި ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެއެވެ.


ޝަރަފްގެ ހިނގާލުމުމުގެ ބައިވެރިން މަޑުކުރުމަށް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި އަމީރު އަހްމަދު މަގު ޕާކިންގ ޒޯން ކުރިމަތި، ސޯސަން މަގު ދިވެހިބަހުގެ އެކަޑެމީ ކުރިމަތި، މަޖީދީމަގު / ޗާނދަނީ މަގު ހަތަރު އަނގޮޅި، މަޖީދީ މަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގުއުތުރު ކަންމަތި ހިމެނެއެވެ.


މިހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.


ކިޔުންތެރިންގެ ހިޔާލު