ގައުމުގެ ސުލްހަވެރިކަން ދެމެހެއްޓެވުމަށް ރައީސް ކުރައްވާ މަސައްކަތަށް އެއްބާރުލުން ދެއްވާ: ނައިބު ރައީސް

5 months ago

އަފްރާހް

ގައުމުގެ ސުލްހަވެރިކަމާ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ.


އެމަނިކުފާނު މިފަދައިން އެދިވަދައިގެންނެވީ ދިވެހިރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ.


އެ މެސެޖުގައި މިނިވަންކަމަކީ ގައުމަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތް ކަމަށާއި ގައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީ ވެސް މިނިވަންކަން އޮވެގެން ކަމުގައި ވަނީ ވިދާޅުވެފައެވެ.


ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ގައުމެއްކަން ފާހަގަކުރައްވައި، ވަނީ ރާއްޖޭގެ މިނިވަންކަމަށް ބަޔަކު އަތްގަދަކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރީންތަކެއް ނުކުމެ ގައުމު ސަލާމަތްކޮށްދޭ ކަމުގައި ވެސް ވިދާޅުވެފައެވެ.


މީގެއިތުރުން ދިވެހި މިނިވަންކަމުގެ ހައްގުގައި ޖިހާދުކުރެއްވި ވަރުގަދަ ބަޠަލުންގެ ޒިކުރާ އާކުރައްވައި ކާބަފައިންވީ ގުރުބާނީ ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ހަމަމިއާއެކު ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރިކުރެއްވުމަށާއި ގައުމުގެ ސުލްޙަވެރިކަމާ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގައި، ބައިވެރިވެވަޑައިގެންނެވުމަށް ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު