އެމްއެންޑީއެފްގެ ޝަރަފްގެ ހިނގާލުން މިއަދު ނޯންނާނެ

2 months ago

އަފްރާހް

އެމްއެންޑީއެފްގެ ޝަރަފްގެ ހިނގާލުން މިއަދު ނޯންނާނެކަމުގައި އެ އިދާރާ އިން ވިދާޅުވެއްޖެއެވެ.


'އެކްސް' ގައި އެ އެމްއެންޑީއެފް އިން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލްކުރެވިފައިވާ ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސްކުރެވިފައިވާ ކަމަށެވެ.


އެމްއެންޑީއެފްގެ ޝަރަފްގެ ހިނގާލުން ކެންސަލްވި ނަމަވެސް މިއަދު ހަވީރު 4 ން އިރުއޮއްސި 6 ޖަހަންދެން މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެއެވެ.


ރާއްޖޭގައި ފާހަގަކުރާ މިފަދަ ދުވަސްތަކުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ ވަކި ގަޑިއެއް ދަނީ ހަމަޖައްސަމުންނެވެ. އެއީ އާއިލާ އާއި ރައްޓެހިންނާއެކު މަގުމަތީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު