ޗައިނާ ރައީސް ދެއްވީ އުއްމީދުން ފުރިފައިވާ ޖަވާބެއް

2 months ago

އަފްރާހް

ޗައިނާގެ ރައީސް ޝީ ޖިންޕިން، ރާއްޖެއާމެދު އުއްމީދުން ފުރިފައިވާ ވާހަކަފުޅުތަކެއް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދަ ވާހަކަފުޅުތަކެއް ވިދާޅުވެފައި މިވަނީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅެއްގެ ޖަވާބުގައެވެ. މި ސިޓީފުޅު ޗައިނާގެ ރައީސް އަށް އަރުވާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް އަދި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދު މުއްތަލިބު ދާދިފަހުން އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.


ރައީސް ޑރ. މުއިއްޒުގެ ސިޓީފުޅާއި ގުޅޭގޮތުން ޗައިނާގެ ރައީސް ވިދާޅުވި ބަސްފުޅުތައް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ރާއްޖެ އިން ބޭނުންވި ހުރިހައި އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ޝީ ދެއްވި ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދަށް މިހާރު ކުރިމަތިވެގެން އުޅެނީ ވަގުތީ މައްސަލަތަކެއް ކަމަށް ޝީ ޖިންޕިން ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.


ޗައިނާގެ ރައީސްގެ މި ވާހަކަފުޅު، މިނިސްޓަރު ޒަމީރު ފާހަގކުރެއްވިއިރު، މީގެ އިތުރުން ކުރީ ސަރުކާރުތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެގައުމުން ނަގާފައިވާ ލޯންތަކަށް ދައްކަން ޖެހޭ ފައިސާ އާއި އަރާފައިވާ އިންޓަރެސްޓް ދެއްކުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ފަސް ކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ހާމަކުރައްވާފައެވެ.


އެމަނިކުފާނު މިކަން ހާމަކުރެއްވީ 59 ވަނަ މިނިވަންދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު