ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް އުފައްދުމަށް ލައިސަންސް ހޯދަން ހުށަހަޅައިފި

2 months ago

އަފްރާހް

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް އުފައްދުމަށް ލައިސަންސް ހޯދަން ހުށަހަޅައިފިއެވެ.


މިކަން ހާމަކުރައްވައި، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު 'އެކްސް' ގައި ވިދާޅުވީ ޑިވެލޮޕްމެންޓު ބޭންކު ހިންގުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް އެދި މަރުކަޒީ ބޭންކަށް ހުށަހަޅާފައިވާ ކަމަށެވެ.


 


ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ ޑިވެޕޮލްމެންޓް ބޭންކް މި މަހު ހުޅުވާނެކަން މިނިސްޓަރ ސައީދު އިއުލާން ކުރައްވާފައިވަނީ ޖުލައި 27 ވީ ހޮނިހިރު ދުވަހުގެ ރެއެވެ. މި ބޭންކުގެ ހުރިހައި ދިރާސާއެއް ހެދި، ބޭންކް އުފައްދަން ބޭނުންވާ ކުންފުނި ރަޖިސްޓްރީކޮށް ނިމިފައިވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން ބޭންކްގެ ބޯޑަށް ރާއްޖެއިން ބޭރުގެ ފަންނީ ބޮޑެތި ބޭންކުތައް ހިންގާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުން މިހާރު ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ބޭންކް ހިންގަން ހަވާލުކުރާނީ ދުނިޔޭގެ ފެންވަރުގައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށްކަން ކަމަށާއި ބޭންކަށް ސީއީއޯއެއް ހޯދުމަށް ބައިނަލްއަގްވާމީ ނޫހެއްގައި އިއުލާން ކުރައްވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.


ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށް ސަރުކާރުން މިހާރު އިމާރާތެއް ތައްޔާރުކުރަމުން ދިޔަ ނަމަވެސް ބޭންކު ގާއިމުކުރުމަށް ނިންމާފައިވާ ވަކި އިމާރާތެއްގެ ނަން ހާމަކޮށްފައި ނުވެއެވެ.


މިއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށާއި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ރައީސް އުފެއްދެވި ކުންފުންޏެކެވެ.


ކިޔުންތެރިންގެ ހިޔާލު