ވޯކް ވިސާގެ ހިދުމަތަށް އޭންޓްކިޔު މެދުވެރިކޮށް ނަމްބަރު ނެގޭނެ

5 months ago

އަފްރާހް

ވޯކް ވިސާގެ ހިދުމަތަށް އޭންޓްކިޔު މެދުވެރިކޮށް ނަމްބަރު ނެގޭނޭ އިންތިޒާމު ހަމަޖައްސައިފިއެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އެ އެޕްލިކޭޝަން މެދުވެރިކޮށް ނަމްބަރު ނެގޭނީ މެއި 19 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.


އެގޮތުން އޭންޓްކިޔު މެދުވެރިކޮށް ފަސް ޕާސްޕޯޓަށްވުރެ މަދުން ހިދުމަތް ހޯދާނަމަ، ހެނދުނު 9 ން 10:30 އަށް ނަމްބަރު ދޫކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ހިދުމަތް ދޭނީ ހެނދުނު 10 ން މެންދުރުފަހު 3 ޖަހަންދެން ކަމަށް ވިދާޅުވެއެވެ. އަދި ހަ ޕާސްޕޯޓަށްވުރެ ގިނަ ޕާސްޕޯޓު ދޫކުރާނަމަ ނަންބަރު ދޫކުރާނީ ހެނދުނު 11:30 އިން 12:30 އަށް ކަމަށެވެ. އަދި ހިިދުމަތް ދޭނީ މެންދުރުފަހު 1:15 ން މެންދުރުފަހު 3 ޖަހަންދެން ކަމަށެވެ.


މިއީ ވޯކް ވިސާގެ ހިދުމަތް ހޯދުމަށްދާ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް ވެސް ވިދާޅުވިއެވެ.


 


އިމިގްރޭޝަނުން ދެމުން އަންނަ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެ އިދާރާ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޕާސްޕޯޓް ދޫކުރުމުގައި ވެސް އޮންލައިން އެޕްލިކޭޝަން، ކިޔުބީ މެދުވެރިކޮށް ނަންބަރު ނެގޭނެ އިންތިޒާމު ވެސް މިހާރުވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު