5 months ago
ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން އަހްމަދު ތޯރިގު (ޓޮމް) އިސްތިއުފާ ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކަމުން މަހިބަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ތޯރިގް ވިދާޅުވީ ޕީއެންސީގެ ޕާލިއަންމަންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާދެއްވީ މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެންނެތުމުގެ ސަބަބުން ކަމަށެވެ.
އޭނާ މި މަގާމުން އިސްތިއުފާދެއްވީ މިއަދުއެވެ.
<blockquote class="twitter-tweet"><p lang="dv" dir="rtl">ޕީއެންސީގެ ޕާލިއަންމަންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުން އަޅުގަނޑު އިސްތިއުފާދިނީ، މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެންނެތުމުގެ ސަބަބުންނެވެ.</p>— Ahmed Thariq (@AhmedThaariq) <a href="https://twitter.com/AhmedThaariq/status/1817493732725543147?ref_src=twsrc%5Etfw">July 28, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ތޯރިގު އައްޔަންކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މެއި 22، ގައެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުންކަން ކުރައްވާތާ ގިނަ ދުވަސްވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތާރިގު މަޖިލީހުގެ މެންބަރުކަން ކުރައްވާތާ މިއީ ތިންވަނަ ދައުރެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ 5 މެންބަރުންގެ ތެރޭގައި ވެސް ތާރިގް ހިމެނިވަޑައިގަންނަވައެވެ.