މާފަންނުގައި ހުރި ގެއެއްގެ ކުނިތަކުގައި ރޯވި އަލިފާން ނިއްވާލައިފި

2 months ago

އަފްރާހް

މާފަންނުގައި ހުރި ގެއެއްގެ ކުނިތަކުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ މ. އޯކިޑްޕްލާޒާގޭގައި ހުރި ކުނިތަކެއްގައި ކަމަށެވެ.


އެއީ މީހުން ދިރިއުޅޭ ގެއެއް ނޫން ކަމަށާއި ރޯވެފައިވަނީ އެ ގޭގެ ގޯތިތެރެއަށް ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.


މި ހާދިސާގެ މައުލުމާތު އެ އިދާރާ އަށް ލިބުނީ ޖުލައި 29 ވީ ހޯމަ ދުވަހުގެ ފަތިހު 03:31 ހާއިރު ކަމަށާއި އެ މައުލޫމާތު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ހަރަކާތްތެރިވާން ފެށި ކަމަށް ވެސް ވިދާޅުވިއެވެ. 


ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރޭ ފަތިހު 04:49 ހާއިރު ކަަމަށް ވެސް ވަނީ ވިދާޅުވިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު