ނަމާދު ވަގުތު މަޖިލިޙުގެ ޖަލްސާތައް ކުރިއަށް ނުގެންދަން ނިންމައިފި

2 months ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނަމާދުވަގުތު ކުރިއަށް ނުގެންދަން ނިންމައިފިއެވެ.


އެކަން ހާމަކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް 'އެކްސް' ގައްި ކުރެއްވި ޕޯސްޓެއްގައެވެ.


އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާޢިދު އެކުލަވާލި އިރު، މެންދުރު ނަމާދު ވަގުތު ޖަލްސާ ކުރިއަށް ނުގެންދާގޮތަށް ގަވާއިދުގައި ވާނީ ހިމަނާފައި ކަމަށެވެ.


އެގޮތުން މީގެ ކުރިން 12:30 ގައި މެދު ކަނޑާލާގޮތަށް އޮތް އޮތުން، މިހާރުވާނީ 12 ޖަހާއިރު މެދު ކަނޑާލާގޮތަށް ބަދަލުކޮށްފައި ކަަމަށް ވިދާޅުވިއެވެ. އަދި އެއްގަޑި އިރުގެ ހުސްވަގުތު ކޮޅަކަށްފަހު އަލުން ޖަލްސާ ފަށާނީ މެންދުރު 1 ޖަހާއިރު ކަމަށް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.


 


މަޖިލީހުގެ ޖަލްސާގެ ހުސްވަގުތު މިގޮތަށް ބައްޓަންކުުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާއިރު، ނަމާދު ވަގުތު ޖެހިއްޖެނަމަ، ބަންގީގެ އަޑު އިވޭ ގޮތަށް މިހާރުވަނީ ހަދާފައެވެ. އަދި މިކަމަށް ގިނަބައެއްގެ ތައުރީފު ވެސް ދަނީ ލިބެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު