ސިޔާސީ ކުލަ ޖެހުނަސް ރާއްޖޭގައި ހިންގާ މަޝްރޫއުތައް ދަނީ ރަނގަޅަށް: އިންޑިއާ

5 months ago

އަފްރާހް

ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް ކުރިއަށްދަނީ ރަނގަޅަށްކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ސުބްރަމާންޔަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ކޮންމެ އަހަރަކު ބާއްވާ ސީއައިއައި އެނުއަލް ބިޒްނަސް ސަމިޓްގައި ވާހަކަދައްކަވަމުންނެވެ.


އެގައުމުގެ އިންޑިއާގެ އިގްތިސާދީ ކުރިމަގާ ގުޅޭގޮތުން ބާއްވާ މި ސަމިޓުގައި ޖަޔަޝަންކަރު ވިދާޅުވީ އެގައުމުން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގައި ސިޔާސީގޮތުން ކުދި ގޮންޖެހުންތަކެއް ދިމާވިނަމަވެސް މިހާރު އެ މަސައްކަތްތައް ރަނގަޅުކަމަށެވެ.


ޖަޔަޝަންކަރު މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމާރު ވެސް ވަނީ ދާދިފަހުން އެގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އަދި މި ޖަޔަޝަންކަރާއި ބައްދަލުކުރެއްވުމަށްފަހު ކުރިއަށްވުރެ ރަނގަޅަށް ބިނާކުރަނިވި ގޮތެއްގައި މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.


މިނިސްޓަރ މުސާ ޒަމީރުގެ މި ދަތުރުފުޅުގައި ޖަޔަޝަންކަރާ ބައްދަލުކުރައްވައި، އިންޑިއާ ސަރުކާރުގެ ލޯނު އެހީއާއި ހިލޭ އެހީގައި ރާއްޖޭގައި ފަށާފައިވާ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.


މި މަޝްވަރާތައް ކުރައްވާފައިވަނީ އިންޑިއާގެ އެހީގައި ހިންގާ ބައެއް މަޝްރޫއުތައް މަޑުޖެހިފައިވާތީ، އެ މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމައި، އޭގެ ފައިދާ ރައްޔިތުންނަށް އަވަހަށް ލިބޭނެ ގޮތް ހެދުމަށް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.


މި ބައްދަލުކުރެއްވުމަށްފަހު އިންޑިއާ ސަރުކާރުން ވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ރާއްޖެއަށް ދީފައިވާ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއް ވެސް ހަމަޖައްސަވައިދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު