ފެރިދޫ އެއްގަމުތޮށީގައި ބްލޮކް ޖަހައި ނިމިއްޖެ

2 months ago

އަފްރާހް

އއ. ފެރިދޫ އެއްގަމުތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ނިމިއްޖެއެވެ.


އެމްޓީސީސީން ވިދާޅުވީ އެރަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އައު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 19 އިންސައްތަ ވެސް ފުންކުރެވިފައިވާ ކަމަށެވެ.


މި މަޝްރޫއުގެ ދަށުން، 23,579 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކޮށް، 7,848 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 4,268 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ވަނީ ނިންމާފައެވެ. އަދި 47 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވެސް ނިންމާފައި ވެއެވެ.


މީގެއިތުރުން 213 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 403 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، ރޭމްޕެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ. އަދި 12 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި 80 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމަކީ ވެސް މި މަޝްރޫއުގައި ހިމެނިފައިވާ ކަމެކެވެ.


އެމްޓީސީސީބް އިތުރަށް ވިދާޅުވީ 2,481 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭއިރު، މިއީ 47.04 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު