ވެލްކަމް އިންޑިއާ ރޯޑު ޝޯވއަށް މިނިސްޓަރ ފައިސަލް ފުރާވަޑައިގެންފި

2 months ago

އަފްރާހް

އަވަށްޓެރި އިންޑިއާގެ ތިން ސިޓީއެއްގައި ބާއްވާ ރޯޑުޝޯވއަކަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ފުރާވަޑައިގެންފިއެވެ.


މިއީ ޖުލައި 30 ން އޮގަސްޓް 3 އާއި ހަމައަށް އިންޑިޔާގެ ދިއްލީ ، މުމްބައި އަދި ބެންގަލޫރުގައި ބާއްވާ ރޯޑުޝޯވއެކެވެ.


މި ޝޯވ ބާއްވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އަދި ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ގުޅިގެންނެވެ.


މި ރޯޑްޝޯވގެ މައިގަނޑު މަގްސަދަކީ އިންޑިޔާގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކޮށް، ޕްރޮމޯޓުކުރުމާއި އެގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.


މީގެއިތުރުން ރާއްޖެއަށް އެގައުމުން ދަތުރުކުރާ އެއަރލައިންތައް އިތުރުކުރުމަށް ފަތުރުވެރިކަމުގެ ވުޒާރާއިން އިންޑިއާގެ ކަމާ ގުޅުންހުރި ފަރާރްތަކާ ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


މައުލޫމާތު ލިބިފައިވާގޮތުގައި މި ހަރަކާތުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ވެސް ބައިވެރިވާނެއެވެ.


އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގޮތުން ޖުލައި މަހުގެ 28 ގެ ނިޔަލަށް އިންޑިއާގެ 71,012 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު