ކުޑަކުއްޖެއްގެ ގައި މައްޗަށް ފާރެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

5 months ago

އަފްރާހް

ކުޑަކުއްޖެއްގެ ގައި މައްޗަށް ފާރެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ތ. ކަނޑޫދޫގައެވެ. އަދި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 10 އަހަރުގެ ކުއްޖަކަށެވެ.


ރާއްޖޭގެ ބައެއް ނޫސްތަކުގައި އެރަށު ކައުންސިލާ ހަވާލާދީ ބުނެފައިވަނީ އެ ހާދިސާ ހިނގީ މެއި 17 ވަނަ ދުވަބުގެ ހަވީރު 5:30 ހާއިރު ކަމަށެވެ. އަދި އެކުއްޖާގެ ގައިމައްޗަށް ފާރު ވެއްޓުނީ ކުޅެން އުޅުމަށްފަހު ހިނގާފައި ދަނިކޮށް ކަމަށެވެ.


މި ހާދިސާގައި ބޮޑަށް އަނިޔާވެފައިވަނީ ކުއްޖާގެ އުނަގަނޑުން ތިރިއަށްކަމަށް ބެލެވޭ ކަމަށާއި އެކުއްޖާގެ ފަޔަށާއި އަތަށާއި މޫނަށް ވެސް އަނިޔާވެފައިވާ ކަމަށް ކައުންސިލާ ހަވާލާދީ ބުނެފައި ވެއެވެ. އެރަށު ސިއްހީ މަރުކަޒުގައި އެނދުމަތިކޮށްގެން ފަރުވާދެމުން އަންނައިރު، އެތެރެހައްޓަށް ލިބިފައިވާ ގެއްލުންތައް އިނގޭނީ ޓެސްޓު ހެދުމަށްފަހު ކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު