މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

5 months ago

އަފްރާހް

މޫސުމާއިބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.


އެ އިދާރާ އިން ނެރުއްވާފައިވާ ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރުން އެކަށީގެންވާތީއެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކުރައްވާފައެވެ.


މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާެ ކަމަށް ވެސް ލަފާކުރައްވާފައި ވެއެވެ.


ހަމަމިއާއެކު ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ރީނދޫ ސަމާލު ވެސް ވަނީ ނެރުއްވާފައެވެ. އެ ސަރަހައްދަށް ވެސް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރައްވައެވެ.


ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަަމަށް ލަފާކުރައްވާފައިވާއިރު، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު