ދެވަނަ ކްއާޓަރގައި އެސްޓީއޯ އަށް 3.5 ބިލިއަން ރުފިޔާ ލިބިއްޖެ

2 months ago

އަފްރާހް

ދެވަނަ ކްއާޓަރގައި އެސްޓީއޯ އަށް 3.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.


އެ ކުންފުނީގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 23 އިންސައްތައިގެ ދަށްވުމެކެވެ.


ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ މައިގަނޑު ވިޔަފާރިކަމުގައިވާ ތެލުގެ ވިޔަފާރީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލާއި ގުޅިގެން، ރާއްޖޭގެ މާކެޓްގައި ތެޔޮ ވިއްކާ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެވުމާއި ގުޅިގެން ކަމަށް އެސްޓީއޯ އިން ވިދާޅުވެއެވެ. އަދި ތެލުގެ އަގުތައް ދަށްކުރުމާއެކު ޖުމްލަ ފައިދާ މީގެ ކުރީ ކުއާޓަރއާއި އަޅައި ބަލާއިރު 16 އިންސައްތައިން ދަށްވެ، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 515 މިލިއަން ރުފިޔާ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.


މީގެއިތުރުން ކުންފުނީގެ ޖުމްލަ ފައިދާ ދަށްވިކަމުގައި ވިޔަސް ހިންގުމުގެ ޚަރަދު ނިސްބަތުން ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓާރގައި ވަނީ 203 މިލިއަން ރުފިޔާ ލިބިފައިވާ ކަަމަށް އެސްޓީއޯ އިން ހާމަކުރައްވައެވެ.


ހަމަމިއާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓަރގެ ސާފު ފައިދާއަކީ 177 މިލިއަން ރުފިޔާ ކަމަށާއި ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފުފައިދާގެ ގޮތުގައި ވަނީ 148 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.  


ކިޔުންތެރިންގެ ހިޔާލު