އުސް އިމާރާތްތަކުގައި ހުންނަ ތަކެތި ވަޔާ ނުދާނެހެން ބެހެއްޓުމަށް ފުލުހުންގެ އިލްތިމާސެއް

5 months ago

އަފްރާހް

އުސް އިމާރާތްތަކުގައި ހުންނަ ތަކެތި ވަޔާ ނުދާނެހެން ބެހެއްޓުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރައްވައިފިއެވެ.


އެ އިދާރާ އިން މިފަދައިން އިލްތިމާސް ކުރައްވާފައި މިވަނީ ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓި، އަދި އިމާރާތްކުރަމުންދާ ބައެއް ތަންތަނުގައި ޖަހާފައިހުރި ފެންސްތައް ވަޔާ ވެއްޓެމުންދާ ދަނޑިވަޅެއްގައެވެ.


ފުލުހުން ވަނީ ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުގައި ހުރި ގަސްތައް ވެރި އަދި އިމާރާތް ކުރަމުންދާ ބައެއް ތަންތަނުގައި ޖަހާފައިހުރި ފެންސްތައް ވަޔާ ވެއްޓެމުންދާތީ ރައްކާތެރި ވުމަށް ވެސް އަންގާފައެވެ. އަދި ކަނޑުދަތުރު ކުރެއްވުމުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ވެސް އިލްތިމާސް ކުރައްވާފައި ވެއެވެ.


ރާއްޖެއަށް މިހާރުކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގާ އެކި ހިސާބުތަކަށް ތަފާތުއެކި މޫސުމީ ސަމާލު ވެސް ދަނީ ނެރުއްވަމުންނެވެ. އަދި މިހާރުވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު އަދި ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށާއި ބ. އަތޮޅުން ފެށިގެން އައްޑު ސިޓީ އަށް ވެސް ރީނދޫ ސަމާލު ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު