ޗައިނާގެ ޝިއާމެން އެއަރލައިންގެ ދަތުރުތައް ސީދާ ރާއްޖެއަށް

2 months ago

އަފްރާހް

ޗައިނާގެ އިތުރު އެއަރލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވީ ރާއްޖެއަށް ދަތުރުތައް ފެށީ ޗައިނާގެ ޝިއާމެން އެއަރލައިން ކަމަށެވެ. އަދި އެ އެއަރލައިންގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސީ ރޭގެ ވަގުތެއްގައި ކަމަށެވެ.


މި އެއަރލައިނުން ހަފުތާއަކު ތިން ދަތުރު ކުރުމަށް ނިންމާފައިވާއިރު، ދަތުރުތަކުގައި ބޭނުންކުރާނީ ބީ737-800 މަރުކާގެ 169 ސީޓުގެ ބޯޓު ކަމަށް ވެސް އެމްއޭސީއެލް އިން ވިދާޅުވެއެވެ. މި އެއަރލައިންގެ ދަތުރުތައް ވީއައިއޭ އަށް ކުރަނީ ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ޝިއާންމެން ސިޓީންނެވެ. މިއީ ޑައިރެކްޓް ފްލައިޓުތަކެވެ.


އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ މީގެ ކުރިން ޗާޓަރކޮށް ދަތުރު ކުރަމުން އައި އެއެއަރލައިނުން ޝެޑިއުލް ދަތުރުތައް ފެށުމަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.


ޗައިނާ އިން ރާއްޖެއަށް މިހާރުވެސް 4 އެއަރލައިނަކުން ދަތުރުކުރަމުން ގެންއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއަރލައިންސް، ޗޮންޗިން އެއަރލައިންސް އަދި ޗައިނާ އީސްޓަރންއެވެ.


ކިޔުންތެރިންގެ ހިޔާލު