މުދާ އުފުލާ ދޯންޏެއް މީހުންނާއެކު ގެއްލިގެން ހޯދަނީ

5 months ago

އަފްރާހް

މުދާ އުފުލާ ދޯންޏެއް މީހުންނާއެކު ގެއްލިގެން ހޯދަން ފަށައިފިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ މިއީ ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށެވެ. އަދި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.


އެ އިދާރާ އިން އިތުރަށް ވިދާޅުވީ މިއީ ތިން މީހުންނާއެކު، މޭ 17 ވަނަ ދުވަހުގެ ހެނދުނު 6 ޖެހިއިރު ފުރި ދޯންޏެއް ކަަމަށެވެ. ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ ހަވީރު 5:20 ގައި ކަމަށް ވެސް ވިދާޅުވެއެވެ.


އެހެންކަމުން އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ހަރަކާތްތެރިވަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.


އެމްއެންޑީއެފް އިން ވަނީ މި ދޯންޏާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރެއްވުމަށް އެދިލައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު