އުރީދޫ އަށް 19 އަހަރު - ކަސްޓަމަރުންނަށް އައު ޕެކޭޖުތަކެއް

2 months ago

އަފްރާހް

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދިނުމުގައި ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ އުރީދޫ އަށް 19 ވަނަ އަހަރީ ދުވަހާއި ގުޅިގެން ހާއްސަ އޮފަރތަކެއް ތައާރަފްކޮށްފިއެވެ.


އެގޮތުން އައު ގިނަ ޕްރޮޑަކްޓެއް އެކުންފުނިން ލޯންޗު ކޮށްފައިވާއިރު، އޭގެތެރޭގައި އުރީދޫގެ ފައިވް-ޖީ ކަވަރޭޖް މުޅި ރާއްޖޭއަށް ފުޅާ ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ނުޖޫމް-ލޯޔަލްޓީ ޕްރޮގްރާމު ވެސް ހިމެނެއެވެ.


މީގެއިތުރުން ޑެއީލީ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖުތަކާއި އޭއައި ޕޯސްޓް ޕެއިޑް ޕެކޭޖާއެކު ބޮޑެތި އެލަވެންސްތައް ލިބޭ ޑޭޓާ ޕެކޭޖެއް ވެސް ތައާރަފްކޮށްފައި ވެއެވެ.


އުރީދޫ އިން ވިދާޅުވީ މި ޕެކޭޖުތަކުގެ ތެރޭގައި މުނިފޫހިފިލުވުމަށް ހާއްސަ ޕެކޭޖެއް ވެސް ހިމެނޭ ކަމަށެވެ.


އެކުންފުނިން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ހިދުމަތްތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް ކަމަށް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު