ސިސްޓަމްތަކުގެ ރައްކާތެރިކަން އެބައޮތް: ބީއެމްއެލް

2 months ago

އަފްރާހް

ބައެއް މީހުންގެ އެކައުންޓަށް ގިނަ އަދެއްގެ ފައިސާ އާއި ޑޮލަރު ޖަމާކުރެވުނީ އޮޅުމަކުން ކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.


އެ ބޭންކުން ބުނީ މިއީ ޕޭމަންޓް ޕްރޮސެސް ކުރުމުގައި ދިމާވި ހިއުމަން އެރޯއެއްގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް އެފައިސާ ޖަމާކުރެވުނު އެކައުންޓުތައް ދެނެގަނެ، އެ ފައިސާ މިހާރުވާނީ އަނބުރާ ނަގާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.


މިކަމުގެ ސަބަބުން މާލީ އެއްވެސް ކަހަލަ މާލީ ގެއްލުމެއް ލިބިފައި ނުވާކަން ފާހަގަކޮށް ބީއެމްއެލް އިން ވަނީ މިއީ ބަލްކް ޕޭމެންޓް ޕްރޮސެސް އަށް ގެނައި ބަދަލަކާއި ގުޅިގެން ދިމާވި ކަމެއް ކަމަށެވެ.


މީގެއިތުރުން އެ ބޭންކުގެ ސިސްޓަމްތަކަކީ ރައްކާތެރި ސިސްޓަމްތަކެއް ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ވަނީ ދީފައެވެ.


މިފަހަކަށް އައިސް ދޭތެރެއިން ބީއެމްއެލް މޮބައިލް އެޕްލިކޭޝަންގެ ހިދުމަަތަށް ބުރޫ އަރަމުން އަންނައިރު، މިރޭ ވެސް ވަނީ ގާތްގަޑަކަށް ތިން ގަޑިއިރަށް އެ ހިދުމަތަށް ބުރޫ އަރާފައެވެ. އެކަމަކު އެ މައްސަލަ ހައްލުކޮށް މިހާރުވަނީ ހިދުމަތް ދޭން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު