ފާރު ވެއްޓި އަނިޔާވި ކުޑަކުއްޖާ އިތުރުފަރުވާ އަށް މާލެ ގެނެސްފި

5 months ago

އަފްރާހް

ފާރު ވެއްޓި އަނިޔާވި ކުޑަކުއްޖާ އިތުރުފަރުވާ އަށް މާލެ ގެނެސްފިއެވެ.


މައުލޫމާތު ލިބިފައިވާގޮތުގައި އެކުއްޖާ މާލެ ގެނައީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.


ތ. ކަނޑޫދޫގައި ފާރެއް ވެއްޓި އުމުރުން 10 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ މޭ މަހުގެ 17 ވަނަ ދުވަހުއެވެ.


އެރަށު ކައުންސިލާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އެ ހާދިސާ ހިނގީ މެއި 17 ވަނަ ދުވަބުގެ ހަވީރު 5:30 ހާއިރު ކަމަށެވެ. އަދި އެކުއްޖާގެ ގައިމައްޗަށް ފާރު ވެއްޓުނީ ކުޅެން އުޅުމަށްފަހު ހިނގާފައި ދަނިކޮށް ކަމަށެވެ.


މި ހާދިސާގައި ބޮޑަށް އަނިޔާވެފައިވަނީ ކުއްޖާގެ އުނަގަނޑުން ތިރިއަށްކަމަށް ބެލެވޭ ކަމަށާއި އެކުއްޖާގެ ފަޔަށާއި އަތަށާއި މޫނަށް ވެސް އަނިޔާވެފައިވާ ކަމަށް ކައުންސިލާ ހަވާލާދީ ބުނެފައި ވެއެވެ. އެރަށު ސިއްހީ މަރުކަޒުގައި އެނދުމަތިކޮށްގެން ފަރުވާދެމުން އަންނައިރު، އެތެރެހައްޓަށް ލިބިފައިވާ ގެއްލުންތައް އިނގޭނީ ޓެސްޓު ހެދުމަށްފަހު ކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު